ސަރުކާރ…
ސަރުކާރުގެ 51 އިންސައްތަ އަދި ފުވައްމުލަކު އަތޮޅު ކައުންސިލްގެ 49 އިނަސައްތައިގެ މައްޗަށް އެކުލެވޭ ފުވައްމުލަކު ޑިވަލޮޕްމެންޓް ކޯޕަރޭޝަން ރައިސަލްޖުމްހުރީއްޔާ މުހައްމަދު ނަޝީދު އެކުލަވާލައްވައިފިއެވެ.
މިބޯޑުގައި ހިމެނިވަޑައިގަންނަވނީ ފުވައްމުލަކު އަތޮޅު ކައުންސިލުން އައްޔަން ކުރާ ތިން މެމްބަރުންނާއި ސަރުކާރުން އައްޔަން ކުރާ ހަތަރު މެމްބަރުންނެވެ.
ސަރުކާރުގެ ފަރާތުން މިބޯޑަށް އައްޔަންކުރީ ބޯޑުގެ ޗެއާމަނެއްގެ ގޮތުން ފުވައްމުލަކު ނިއުސަން މުހައްމަދު ސައީދު އާއި މެނޭޖިން ޑިރެކްޓަރެއްގެ ގޮތުން ފުވައްމުލަކު ހަޒާރުމާގެ ޝައްފާފު ނަސީރާއި އިތުރު މެމްބަރުންގެ ގޮތުގައި ފުވައްމުލަކު ރޭވާ އަޙްމަދު ޝަރީފް(ބީޖީ) އަދި ފުވައްމުލަކު އަސްރުމާގެ ޒާހިދާ އިބްރާހިމް އެވެ.
އަތޮޅު ކައުންސިލްގެ ފަރާތުން އައްޔަން ކޮށްފައިވާ މެމްބަރުންނަކީ ފުވައްމުލަކު ނިއުޒިލް މުހައްމަދު މުސްނިމް ރަޝީދާއި ފުވައްމުލަކު ފަށަލަ މުހައްމަދު ސައިމްންގެ އިތުރުން ފުވައްމުލަކު ފިޔަނޫމާގެ އަހްމަދު ނަފީސެވެ.
ޖުމްހޫރީ މިއިދާން ކައިރިން ހާއްސަ އެހީއަށް ބެނުންވާ ނުކުޅެދޭ މީހެއްގެ ގައިގައި އުމުރުން ދުވަސްވީ މިހަކު ޖަހައި މާރާމާރި ހިންގައިފި
ޖުމްހޫރީ މިއިދާން ކައިރިން ހާއްސަ އެހީއަށް ބެނުންވާ ނުކުޅެދޭ މީހެއްގެ ގައިގައި އުމުރުން ދުވަސްވި މީހަކު ޖަހައި މާރާމާރި ހިންގައިފިއެވެ. މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބެއްކަމަށް ބެލެވެނީ އުމުރުން ދުވަސްވި މީހާ އިސްލާމީ މަރުކަޒުގެ ވުލޫ ކުރާ ސަރަހައްދަށް ހީސްލުމުން އެކަން އެގޮތަށް ނުކުރުމާށް ހާއްސަ އެހިއަށް ބެނުންވާ މީހަ ބުނުމުންނެވެ.
އިސްލާމީ މަރުކަޒުގެ މަސައްކަތު މީހެއްގެ ވާޒިފާ އަދާކުރާ ބައެއް މުވައްޒަފުންވެސް ވަނީ މި މީހާ މިސްކިތުގެ އިސްކުރުބަރި ހުންނަށް ސަރަހައްދަށް ހީސްލާކަންވަނީ ކަށަވަރުކޮއްދީފައެވެ. “އަޅުގަނޑުމެންނަށް އެކި ފަހަރުމަތިން މި މީހަ މިތާގެ ވުލޫކުރާ ސަރަހައްދަށް ހީސްލާތަން ފެނިގެން ވަނީ އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތް ތެރިވެފަ. ނަމަވެސް ޖަވާބުގައި އޭނާ ބުނަނީ އެތަންތަން ހުންނަނީ ހީސްލާން ކަމަށާއި އަދިވެސް ހީސްލާނެކަމަށް” އިސްލަމި މަރުކަޒުގައި މަސައްކަތު މީހެއްގެ ވަޒިފާ އަދާކުރާ އަންހެނަކު ކިޔައިދިނެވެ.
މިހާރު މި މީހާވަނީ ފުލުހުންގެ ބެލުމުގެދަށައް ގެންގޮސްފައެވެ، މުޖްތަމައުގައި ހިގާ މިފަދަ ހަޑި މުޑުދާރު ދަށުދަރަޖައިގެ ކަންތަށް ހައްލުކުރުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުންވަރަށް މުހިއްމެވެ
Gulhun huri vedio eh belumah :http://youtu.be/qgNh8mubK1I
https://www.youtube-nocookie.com/embed/qgNh8mubK1I
- police ge belumuge dasha miskithaa heeslaaa meehaa, adhi haaasah ehey ah beynunvaaa mihaaya maraamari hingi meeha gendhaney
- miskitha heeslaaa, adhi hasah ehey ah beynunvaaa meeha gaaai gai jahai maaaraa maaar i hingi meeha
- hassah ehey ah beynun vaaa kujja ,eynage baladhuveriya geyah gendhaney
- hassaah eheyah beynun vaaa meeha
އިސްލާމް ދީނާއި ފުށުއަރާ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް އެމްޑީޕީން ގޮވާލައިފި…

އިސްލާމް ދީނާއި ފުށުއަރާ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް އެމްޑީޕީން ގޮވާލައިފއެވެ.
އެޕާޓީ އިން މިހެން ގޮވާލެއްވީ މި މަހުގެ 22 އިން 24 އަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވި ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް، ނަވެނަތަމް ޕިއްލޭ، ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރައްވަމުން މާތްވެގެންވާ އިސްލާމް ދީނާއި ޚިލާފްވާގޮތަށް ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން އެ ޕާޓީގެ އިސްލާމްދީނުގެ މަޝްވަރާ މަޖްލީހުން ނެރުނު ނޫސްބަޔާނެއްގައި އެވެ. Read more…
ރާއްޖޭގެ ރަށްރަށުގެ ޙާލަތު ދެނަގަތުމުގެ ޚާއްޞަ ޕްރޮގްރާމެއްހިންގުމަށް އެމްޑީޕީން ނިންމައިފި
ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ލިބެމުން އަންނަ މިންވަރާ އަދި ނުލިބޭނަމަ ނުލިބުނު ސަބަބުތަކާ ރައްޔިތުން އެދޭގޮތަށް
ރައްޔިތުންގެ އަތްމައްޗަށް ރައްޔިތުންގެ ވެރިކަން ފުރޮޅިފައިވާއިރު ބޭނުންވާ އެންމެހައި އަސާސީ ހައްގުތަށް ލިބުގައި ކުރިމަތިވެފައިވާ ހުރަސްތަކަކީ ކޮބައިތޯ އާއި ރައްޔިތުން ބޭނުންވާ ގޮތަށް އެޚިދުމަތްތަށް ފޯރުކޮށް ދެވޭނީ ކިހިނެއްތޯބަލާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ދަތުރުތަކެއް ޚާއްޞަ ޕްރޮގްރާމެއްގެ ދަށުން ހިންގުމަށް އެމްޑީޕީ އިން ނިންމަވައިފިއެވެ.
މިޕްރޮގްރާމުގެ ދަށުން ކުރާ ދަތުރުތަކުގައި ރައްޔިތުންގެ ޙާލު ބަލާ ގޭގެއަށް ޒިޔާރަތްކޮށް ނުލިބެނީ ކޮންޚިދުމަތެއްތޯ އާއި، އަދި އެންމެ ބޭނުންވަނީ ކޮން ކޮން ޚިދުމަތްތަކެއްތޯ ބަލައި
އެކަންކަމުގެ ތެރެއިން ވަގުތުން ރަނގަޅު ކުރެވެންހުރި ކަންކަން ރަގުޅުކުރުމަށް ޓީމުގެފަރާތުން މަސައްކަތް ކުރާގޮތަށް ވަނީހަމަޖެހިފައެވެ.
އަދި މިދަތުރު ތަކުގައި ބަލަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ އެކިދާއިރާތަކަށް ދައުލަތުން ކަނޑައަޅާފައިވާ ފަރާތްތަކާމެދު ރައްޔިތުން ދެކޭގޮތާ އެބޭފުޅަކު ހިމެނޭ ދާއިރާއަކުން އެބޭފުޅަކު ބަލައިގެންފައިވާ މިންވަރު ބެލުންވެސް ހިމެނިފައިވެއެވެ.
ލާމަރުކަޒީއުޞޫލުން ރާއްޖެ ހިންގަމުންދާ އިރު ކުރިމަތިވެދާނޭ ކަންތައްތަކާ އެކަންކަން ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންނަށް ކުރެވޭނީ ކޮންކަމެއްތޯ ބަލައި، ރައްޔިތުންނަކީ މިގައުމުގެ ވެރިންކަމަށް ވުމާއެކު ރައްޔިތުން ވެރިކަން ޙަވާލު ކުރި ފަރާތުން ރައްޔިތުންގެ އިޙުސާސްތައް ދެނެގަތުމަށް ކުރާ މިދަތުރު ތަކުގައި ރައްޔިތުން އެކަށައަޅައި ކަންކަން ފުރިހަމަ ކުރުމަށް ޕާޓީގެފަރާތުން މަސައްކަތް ކުރާނެއެވެ.
އަދި ހަމަ އެހެންމެ ރަށްރަށުގެ ތަޢުލީމީ ޙާލަތާއި، ޞިއްޙީ ޙާލަތާ އިގްތިޞާދީ ޙާލަތު ބަލައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު މިޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެމްޑީޕީގެ އަމާޒަކަށް ވީހިނދު ރަށްރަށުގެ އެމްޑީޕީގެ ގޮފިތަކުގެ އިސްފަރާތްތަކާއެކު މަސައްކަތްކޮށް ރާއްޖޭގެ އެންމެހައި ރައްޔިތުން ގޮވައިގެން އަނެއްދިވެހި ރާއްޖެއަށް ދަރުކުރުމަކީވެސް އެމްޑީޕީގެ ތަޞައްވުރެކެވެ.
އެމްޑީޕީގެ މެންބަރުންގެ މެދުގައި އެކުވެރިކަމާއި، އުޚުއްވަތްތެރިކަން ގާއިމްކުރުމުގެ ގޮތުން ހިންގޭ މިޕްރޮގޮރާމުގެ ދަށުން ރަށްރަށުގައި ޚާއްޞަ ޖަލްސާތަކެއް ބޭއްވުމަށްވެސް ރޭވިފައިވެއެވެ.
އެމްޑީޕީގެ ދަތުރުފަތުރު ކޮމެޓީއާއި، މީޑިޔާ ކޮމެޓީއާއި، ފަންޑްރައިޒިންގ ކޮމެޓީއާއި، ކެމްޕޭން ކޮމެޓީއާއި، އިންތިޒާމް ކޮމެޓީ އެކުވެގެން މުޅިރާއްޖޭގައި ހިންގުމަށް ގަސްދުކުރެވިފައިވާ މިދެންނެވި ޕްރޮގްރާމް ޑިސެންބަރު މަހު ފެށިގެން ކުރިއަށްދާނެއެވެ.
މިދަތުރުގައި ބައިވެރިވާނީ މިދެންނެވި ކޮމެޓީތަކުން އެކުލަވާލާފައިވާ ކުޑަކޮމެޓީ ގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ
This slideshow requires JavaScript.
.
މާލެގެ މަގުތަކުގައި ޑަސްބިން ބެހެއްޓުއްމުގެ މުހިއްމު ކަން

ފަތުރުވެރިން ގެ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރު ދިވެހިރާއްޖޭގެ ވެރިކަން ކުރާ މާލެ ސިޓީގެ މަގުތަށް ރީތިކޮށް ބެލެހެއްޓުމަކީ ވަރަށް މުހުންމިކަމެކެވެ. މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލެގެ މަގުތަށް ފެހި ކޮށް ރީތި ކުރުމުގެ ގޮތުން މާލެގެ މަގުތަކުގައި ފުންފުއައް ރުށް މިހާރު ދަނީ އިންދަމުންނެވެ
ކައިވެނި ކުރުމުގެ ކުރިން ދެޖިންސުގެ ކުދިން ލޯބިގެ ގޮތުން ގުޅުމަކީ ކޮންކަހަލަކަމެއް؟
މީގެ ކުރިން އަޅުގަނޑުމެންގެ ގައުމަށް އުފަންނުވާ އެތައްކަމެއް މިއަދު މިވަނީ މިގައުމަށް އުފަންވެ، ޤައުމުގައި ވަކިހިއްޕާލާފައެވެ. އެކަމަކީ ހަރާމް ކަމެއްތޯ ނުވަތަ ހަލާލު ކަމެއްތޯވެސް ބަލާލަނީ ގައުމުގެ ނިސްބަތުން މަދުބައެކެވެ.
ދެޖިންސުގެ ޒުވާނުން ހިންގާ ލާދީނީ އަމަލުތަށް އަޅުގަނޑުމެން ޒުވާނުންގެ ބަހުން “ބިޓުން ނެގުން” މިގައުމުގައި މިވަނީ ފެޝަނަކަށްވެފައެވެ. ނަތީޖާއަކަށް ވެގެންދަނީ ކައިވެންޏަކާއި ހަމަޔަށް ދިޔުމުގެ ކުރިން ގިނަ ފަހަރަށް އޮންނަނީ ކައިވެނިކޮށްގެން ކުރަންޖެހޭ ހުރިހާކަމެއް ކުރެވިފައެވެ. މިއީ ހިތާމަހުރިކަމެކެވެ. މިކަމުގެ ސަބަބުން ޢިޖްތިމާއީ އެތަކެއް މައްސަލަތަކެއް ތަފާތު ސިފަސިފާގައި ކޮންމެ ދުވަހަކުހެން މިދަނީ ފެންމަތިވަމުންނެވެ. ޒިނޭކޮށް ނަހަލާލަށް ލިބޭ ކުށެއްނެތް މައުސޫމް ކުދިންތަށް ދިރިހުއްޓާ މަރާލުން ދެން މިހެންގޮސް ކިޔާނެކަމެއް ނެތެވެ. ހިތާމައަކީ ދަރިން ހިންގާ މިފަދަ ލާދީނީ އަމަލުތަށް ހުއްޓުވުމަށް މައިންބަފައިންވެސް ނުކުޅެދިފައިވާކަމެވެ.
ކައިވެނި ކުރުމުގެ ކުރިން ދެޖިންސުގެ ކުދިން ރައްޓެހިވުމާއި ބެހޭ ގޮތުން ދިނީ ގޮތުން އެކަން އޮތްގޮތް އޮޅުންފިލުވުމަށް “މިކަލް” ނޫހުގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ވިދާޅުވެފައިވަނީ “ކައިވެނި ކުރުމުގެ ކުރިން ކައިވެނި ކުރުމުގެ މަޤްޞަދުގައި ލޯބީގެ ގޮތުން ގުޅުން، އިސްލާމްދީނުގައި އަންގަވާފައިވާ ހައްދުތަކާ މިންގަޑުތަކުގެ ތެރޭގައި އެފަދަގުޅުމެއް ބޭއްވުމަކީ ހުއްދަކަމެއް. ކައިވެނި ކުރާނެ މީހަކު ހޯދުން އެންމެ ރަގަޅުގޮތަކީ މައިން ބަފައިން މެދުވެރިކޮށް ހޯދުން. އެމީހުންނަށް ވުރެ ބޮޑަށް ދަރިންނަށް ހެޔޮއެދޭ ބަޔަކު ނުތިބޭނެ” މިހެންނެވެ.
ނަމަވެސް ހިތާމަޔަކީ ދީނުގައި އޮންނަ ލުއިގޮތުގެ ފައިދާ ނާޖައިޒު ގޮތުގައި ބައެއްމީހުން ބޭނުންކުރާކަމެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ ގިނަ ޒުވާނުންގެ މަޤްޞަދަކީ ކައިވެނި ކުރުން ކަމުގައި ނުދެންނެވޭނެއެވެ. އަދި ދީނުގައި އޮންނަ ގޮތް އަޅުގަނޑުމެންގެ މުޖްތަމައުން ބަލައިގަނެވެނީ އާންމު ބަހުންނަމަ “ކަޓު” ކަމެއްގެ ގޮތުގައިއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް މިއަދު ކަމުދާކަމަކަށް ވަނީ ހުޅަގުގެ ވަހުޝީ ނާތަހުޒީބު ސަޤާފަތެވެ. ހަޤީޤަތަށް ބުނާނަމަ މިއީ ގެރިބަކަރިތަކުގެ އުސޫލެވެ. އެއްވެސް ހަމައެއްލަމައެއް ނެތެވެ. ތެދުތެދަށް ދަންނަވަނީނަމަ މިރާއްޖޭގެ މަގުތަކުގައި ލަދުން ހިގަންވެސް ނުކުރެވޭވަރަށް މިގައުމުގައި މިކަންތަށް މިވަނީ ބޮއްސުންލާފައެވެ.
ލޯބީގެ ގުޅުންތަކުގައި އާޚިރުގައި މެދުވެރިވާ ދެރަގޮތްތަށް ތަޙައްމަލް ކުރަންޖެހެނީ އަންހެން ކުދިންނެވެ. އެހެން ކަމުން އަންހެން ކުދިންނާއި އެކުދިން އާއިލާތަކުން މިކަންތަކަށް ވިސްނާ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދަން މަސައްކަތް ކުރަންވެއްޖެއެވެ. އަޅުގަނޑުގެ ދުޢާއަކީ މިގައުމުގެ ޒުވާންޖީލް މިފަދަ ލާދީނީ އަމަލުތަކުގެ ޝިކަރާއަކަށް ނުވެ ކޮންމެކަމެއްވެސް މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ހުދޫދުގެ ތެރޭގައި ޢަމަލުތައް ބެހެއްޓުމުގެ ހެޔޮ ތަޢުފީޤު މާތްﷲ އަޅުގަނޑުމެން އެންމެނަށް މިންވަރުކުރެއްވުމެވެ.
އެއާޕޯޓް ހަދައިދިނީ ކުރީ ސަރުކާރުން ތޯ؟ ނޫނީ މިސަރުކާރުން ތޯ؟
ފުވައްމުލަކު ރައްޔިތުންގެ ޒަމާންވީ ހުވަފެނީ ބޮޑުމަންޒަރު މިއަދު މިވަނީ ހަޤީގަތަކަށް ވެފައެވެ. މުޅި ފުވައްމުލަކުގެ ރައްޔިތުންގެ މޫނު މަތިން ފެނިގެންދަނީ އުފާވެރިކަމުގެ ޝުއޫރުތަކެކެވެ. ދަތުރުފަތުރު ކުރުމުގައި މިރަށުގެ ރައްޔިތުން ހޭދަ ކުރި ހަރަދާއި،ބަރުދާސްތު ކުރި ހިތި މާޒީ މިއަދު މިވަނީ ފަރުދާވެފައެވެ
މި އެއަޕޯޓާއި މެދު މުޅި ފުވައްމުލަކުގެ ރައްޔިތުން ފަހުރުވެރިވެއެވެ. ނަމަވެސް މި އެއާޕޯޓް އަކީ ކޮންސަރުކާރަކުން ހައްދަވައި ދެއްވި އެއާޕޯޓެއް ކަމާއި މެދު ބައެއް ރައްޔިތުންގެ ތެރޭގައި ވަނީ ހިޔާލުތަފާތުވެފައެވެ. އެއްބަޔަކު ބުނާގޮތުން މިކަމަކީ ކުރީގެ ރައިސް މައުމޫން ކުރަން ނިންމެވި ކަމެކެވެ. އަނެއް ބަޔަކު ގަބޫލު ކުރާގޮތުން، މިކަމަކީ ކުރީ ސަރުކާރުން ރައްޔިތުންގެ ލޮލުގައި އެޅުވި އަދުނެއްކަމަށާއި، މިކަމަށް ޙާއްސަ ސަމާލުކަމެއް ދީގެން މިކަން ކުރީ މިސަރުކާރުންކަމަށެވެ. މި ސުވާލުގެ ޖަވާބު އަޅުގަނޑު ކިޔުންތެރިންނަށް ދޫކޮއްލާނަމަވެ. Read more…
ފުވައްމުލަކުގެ ތަރައްޤީއަށް ….. ހޭލުންތެރި ރައްޔިތުންތަކެއް….
ނަމަވެސް މިއަދު އަޅުގަޑުމެންގެ ތެރެއިންބަޔަކު މިފަދަ ތަރައްޤީ އާއި ކުރި އެރުންތަށް މިރަށައް އައިސްދަނެތީވެ ނުހުނުކަންބޮޑުވެގެން އުޅޭކަމަށް އަޅުގަޑަށް ވަރަށް ބޮޑަށް ސިފަ އެބަކުރެވެއެވެ. ސިޔާސީ ޕާޓީތަކުގެ ނިޒާމުގައި އަބަދުވެސް އިދިކޮޅު ފަރާތްތަކުން ބަލާނީއެއިރެއްގައި އޮންނަށް ސަރުކާރަކާއި ރައްޔިތުންނަޓަކައި ކޮއްދެވަމުން ގެންދަވާމަސައްކަތް ކޮނެމެވެސް ބަހަނާއެއް ދައްކާފައި ހުއްޓުވާލުމަށެވެ، އެއީރައްޔިތުންނަށް ކިތަންމެ ލާބަޔާއި މަންފާ ހުރި ކަމެއްކަމުގައި ވިޔަސްވަރިހަމައެވެ.
އައްޔޫބުގެފާނުގެ ކެތްތެރިކަން….ފުރަތަމަބައި
![]() |
| Syedna Ayub (Alaihesalam) – Yemen |










